ދުންފަތުގެ އިސްތިއުމާލު ކުރުން މިއަދު ވަނީ ވަރަށް އާންމުކަމަށް ވެފައެވެ. އެންމެ ކުޑަ އުމުރުން ފެށިގެން ދޮށީ އުމުރަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށް މިހާރު ބޭނުންކުރާ އެކި ޒާތް ޒާތުގެ އެއްޗިސް އެކި ނަން ނަމުގައި މާކެޓުން ލިބެން ހުރެއެވެ. އަގު ވެސް އިންތިހާ ބޮޑެވެ. އެހެންނަމަވެސް ދުންފަތް ބޭނުންކުރާ މީހުންގެ އަދަދަކަށް ބަދަލެއް ނާދެއެވެ. އަގު ބޮޑުވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރަންޖެހެއެވެ. އެއާ ނުލާ ދިރިއުޅުން ވޭތުކުރަން ގިނަ މީހުންނަށް މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ. ސިއްހީ ވުޒާރާހެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 24 ޕަސެންޓަކީ، ދުންފަތާ…